ads
ޕީޖީ ހުސައިން ޝަމީމް--
މޭޔަރު ޝިފާގެ މައްސަލައިން ޕީޖީ ޝަމީމް ތަނާޒުލު ވެއްޖެ
މާލޭސިޓީ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ މައްސަލައިން ޕީޖީ ހުސައިން ޝަމީމް ތަނާޒުލުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ މައްސަލައާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިގައި އެއްޗެއް ނުބުނާނެ ކަމަށެވެ. 

"ޝިފާގެ މައްސަލައިގައި އަޅުގަނޑަށް ހަމަ ލާހިކެއް ނޫން އެއްޗެއް ދަންނަވާކަށް، މަޖިލީހުން ފާސްކުރައްވާފައި އޮތް ގާނޫނެއްގަ ބުނާގޮތުން އަޅުގަނޑުގެ މަސްލަހަތު ފުށޫއަރާނެ. ޝިފާއަކީ އަޅުގަނޑާ ދެބެންގެ ދެދަރި ކުއްޖެއް."

ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލައިން އެމަނިކުފާނު ތަނާޒުލުވެފައިވާ ކަމަށެވެ. 

ޕީޖީ އޮފީހުގައި މިވަގުތު މައްސަލައެއް ޕްރޮސެސްކުރުމަށް ނަގާ އާންމު މުއްދަތަކީ 10 ދުވަސްކަން ފާހަގަކޮށް ޕީޖީ ވިދާޅުވީ އެ ލެވެލްގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެހެން ނަމަވެސް ތަންކޮޅެއް ލަސްވާ ބައެއް މައްސަލަތައް ހުންނާނެ ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ. 

މޭޔަރު ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވާފައިވަނީ، މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކްގެ މައްސަލައިގައި އޭސީސީން ތަހްގީގު ކުރި މައްސަލައާއި ގުޅިގެންނެވެ. އޭސީސީން ބުނެފައިވަނީ ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ ށ (ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާތީ ކަމަށެވެ. 

މައްސަލައާއި ގުޅޭގޮތުން އޭސީސީ އިން ބުނެފައިވަނީ ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ ދެ ފާހަނަބަރީގެ މަސައްކަތް އަމިން ކޮންސްތްރަކްޝަންސް އާ ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުސޫލަކުން ނޫންކަން ތަހްޤީޤަށް ފާހަގަކުރެވޭ ކަމަށެވެ. 

އެމައްސަލައިގައި ވެސް މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންވަނީ އޭސީސީއަށް ފާޑުވިދާޅުވެފަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް