އުމުރުން 26 އަހަރުގެ ޓްވައިޝަން ޑެޕިއު ގަޔަށް ބަޑި ޖަހާފައި ވަނީ މިދިޔަ ހަފްތާގައި ނިއު ޖާޒީގަ އެވެ.
އިންސްޓަގްރާމްގައި ފެޓީ ލިޔުނު ޕޯސްޓެެއްގައި ބުނެފައި ވަނީ ކޮއްކޮ ދެކެ ލޯބިވާ ކަމަށާއި މިކަން ހުއްޓުވަން ކަމެއް ނުކުރެވުމުން ހިތާމަ ކުރާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަގުމަތީގައި ހުއްޓާ ބަޑިން ހަމަލާ ދިނުމުން ޓްވައިޝަން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާ މަރުވީ ފަރުވާ ދެނިކޮށެވެ.
މިއީ ގަސްތުގައި މީހަކު މަރާލި މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި އެއްވެސް ބަޔަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.