ads
ކުރިން ބޭއްވި އައިޓީބީ އޭޝިއާ ފެއާއެއް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އައިޓީބީ އޭޝިއާ ފެއާގައި 21 ކުންފުންޏަކުން ބައިވެރިވަނީ
އޭޝިއާގެ އެންމެ މަގްބޫލް ޓްރެވަލް ޓްރޭޑް ފެއާ "އައިޓީބީ އޭޝިއާ" ގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއެކު ޓޫރިޒަމް އިންޑަސްޓްރީގެ 21 ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރްސީން ބުނީ ފެއާ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތާ ގުޅިގެން ނިއު ނޯމަލްގައި ދަތުރުފަތުރު ކުރެވޭނެ ގޮތްތަކާއި މެދު ކަމަށެވެ. 

މީގެ ކުރިން ބާއްވަން ހަމަޖެހިފައި އޮތް އައިޓީބީ އޭޝިއާ ލައިވް ފެއާ އަންނަ އަހަރަށް ފަސްކުރެވިފައިވީ ނަމަވެސް، މި މުއްދަތުގައި ވާޗުއަލް ފެއާ ވަނީ ފަށާފަ އެވެ. ވާޗުއަލް ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޚާއްސަ ބޫތެއް ވަނީ ތައްޔާރުކޮށްފަ އެވެ. 

އައިޓީބީ އޭޝިއާގެ ވާޗުއަލް ފެއާގައި ސިންގަޕޫރުގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އިސްވެރިން ބައިވެރިވެ އެވެ. އެހެންކަމުން މިއީ އެ ފަރާތްތަކާ ބައްދަލުކޮށް ހިޔާލު ބަދަލު ކުރުމަށް ރާއްޖޭގެ ކުންފުނިތަކަށް ލިބޭ ފުރުސަތެކެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އިޝްތިހާރު ކުރުމަށް ދަނީ "ރީޑިސްކަވާ މޯލްޑިވްސް" ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. އެގޮތުން އެކި ވާޗުއަލް ފެއަތަކުގައި ބައިވެރިވެގެން ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ދަނީ މެދުނުކެނޑި ކުރަމުންނެވެ. 

މާޗް މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން، ދެކުނު އިރުމާތީ އޭޝިއާއިން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 11،581 އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް