ads
އަފްގާނިސްތާންގައި އެމެރިކާގެ ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ: އެލްއޭ ޓައިމްސް
އަފްގާނިސްތާނުގެ ތަހާރުގައި ދިން ހަމަލާގައި 34 ސިފައިން މަރުވެއްޖެ
ތޯލިބާނުން އަފްގާނިސްތާނުގެ ސިފައިންނަށް ދިން ހަމަލާއެއްގައި އެ ގައުމުގެ 34 ސިފައިން މަރުވެއްޖެއެވެ.

ބޭރު މީޑިއާ ތަކާއި ހަވާލާދީ ތަހާރު ޕްރޮވިންސްގެ އިސް އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން މިއަދު ދިން ހަމަލާގައި އެ ސަރަހައްދުގެ ޑެޕިއުޓީ ޕޮލިސް ޗީފް ހިމެނޭގޮތަށް 34 ސިފައިން މަރުވެފައިވެއެވެ.

އޭގެ ކުރީ ރޭ އަފްގާނިސްތާނުގެ ބަހާރަކް އަވަށުގައި ތޯލިބާނުން ދިން ހަމަލާގައި އަށް މީހަކު ޒަހަމްވެ، 42 މީހުން މަރުވެފައިވާ ކަމަށް ނޫސް އޭޖެންސީތަކާއި ހަވާލާދީ އެގައުމުގެ އޮފިޝަލުން މައުލޫމާތު ދެއެވެ. ތަހާރު ސަރަައްދުގައި ހިމެނޭ ބަހާރަކް އަވަށަކީ ތޯލިބާނުގެ ކޮންޓްރޯލްގައި އޮންނަ އަވަށެކެވެ.

މިއީ އަފްގާނިސްތާންގެ ހެލްމަންދު ސަރަހައްދުގައި ދިން ހަމަލާއަށް ފަހު، ތޯލިބާނުން އެއް މަސްދުވަސްތެރޭ ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ. ތޯލިބާނުން މި ހަމަލާތައް ދީފައިވަނީ އަފްގާނިސްތާނުގެ ސަރުކާރާއި އެކު ގަތަރުގެ ވެރިރަށް ދޯހާގައި ސުލްހައިގެ ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު ދިން ހަމަލާއާއި ބެހޭ ގޮތުން ތޯލިބާނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް