ހޯމަ ދުވަހު އެމެރިކާގެ ލަސް ވެގަސްގެ ބޭރުން އޮންނަ ނެވާޑާ ހައިވޭގައި އެސްއެސްސީ ޓުޓާރާ ދެ ޓެސްޓް ބުރު ޖެހިއިރު، ކާރުގެ އެވަރެޖް ދުވެލި ގަޑިއިރަކު 316.11 މޭލަށް އަރަ އެވެ.
އަދި ހޮނިހިރު ދުވަހު ބޭއްވި ޓެސްޓް ބުރުގައި ކާރުގެ ދުވެލި ގަޑިއިރަކު 331.15 މޭލަށް އަރައެވެ. މިއީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބާރު ދުވެލި ކަމަށް ކާރު އުފެއްދި ކުންފުނި ކަމަށްވާ އެމެރިކާގެ އެސްއެސްސީ އިން ބުނެ އެވެ.
ޓުޓާރާގައި 1،750 ހޯސްޕަވާގެ ވީ8 އިންޖީނެއް ހިމެނޭ އިރު، މިއީ އެ ކުންފުނިން ދެވަނައަށް އުފެއްދި އެންމެ ދުވެލި ބާރު ކާރު ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އަހަރެއް ކުރިން އެންމެ ދުވެލި ބާރު ކާރުގެ ގޮތުގައި އޮތީ ބުގާޓީ ކިރޮން އެވެ. އެ ކާރުގެ ދުވެލި އެވަރެޖް ގޮތެއްގައި ގަޑިއަކު 304.8 މޭލަށް އަރައެވެ.