އިންސްޓަގްރާމު މެދުވެރިކޮށް އަނިލް ކަޕޫރު ވަނީ ޕޫލް އަދި ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް މި ލޮކްޑައުންގައި ވެސް ފިޓްވާން އުޅުން ގޮތް ކިޔައިދީފަ އެވެ.
އާންުމުކުރި ފޮޓޯތަކާއެކު ގިނަ ބަޔަކު ވަނީ އޭނާގެ ރީތިކަމަށް ބަދަލު ނާންނަ ކަމާއި އަދި ވެސް ވަރަށް ޒުވާން ކަމަށް ބުނެފަ އެވެ. އަދި 63 އަހަރުގައި ވެސް އެހާ ފިޓްކޮށް ހުންނަން ލޯބިކުރާތީ ވެސް ނިކަން ތައުރީފްކޮށްފައިވެ އެވެ.
އަށްޑިހައިގެ އަހަރުތަކުގައި ވިދާލި އަނިލް ކަޕޫރު އަދިވެސް އަންނަނީ ބޮލީވުޑުގެ ފިލްމުތަކުގައި މަސައްކަތް ކުރަމުންނެެވެ.
އޭނާއެކޭ އެއްގޮތަށް އޭނާގެ ދެ ދަރިން ކަމަށްވާ ސޯނަމް އާއި ހާރްޝްވަދަން ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނައިރު ސޯނަމްއަށް މަގްބޫލުކަން ބޮޑެވެ. ހާރްޝްވަދަންއަށް އަދި ފިލްމީ ދާއިރާއިން މާބޮޑު ކާމިޔާބީއެއް ނުލިބެ އެވެ.