ads
ސަންޖޭ ދަތު--
ފުއްޕާމޭގެ ކެންސަރުން ސަންޖޭ ދަތު ރަނގަޅުވެއްޖެ
ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު އަށް ކެންސަރު ޖެހިފައިވާކަން އެނގިފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އުމުރުން 61 އަހަރުގެ އެކްޓަރަށް ކެންސަރު ޖެހިފައިވާކަން އެނގިފައި ވަނީ ނޭވާލާން އުނދަގޫވެ، މޭގާ ރިއްސާތީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ހެދި ޓެސްޓްތައް ކޮވިޑަށް ނެގެޓިވްވުމަށް ފަހު ހެދި ޓެސްޓުތަކުންނެވެ. އޭރު އޭނަ ވަނީ ފުއްޕާމޭ ކެންސަރު ބަލީގެ ހަތަރުވަނަ ސްޓޭޖުގައިކަން އެނގިފައި ވެއެވެ.

އެއަށްފަހު ފިލްމީ މަސައްކަތްތަކާ ދުރަށް ގޮސް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ސަންޖޭ ބަލިން ރަނގަޅުވެފައިވާކަން އިއުލާންކޮށްފައި ވަނީ އޭނަ އިއްޔެ ކުރި ޓްވީޓެއްގަ އެވެ.

ސަންޖޭ ބުނީ އޭނާއަށް އެ އުފާވެރި ހަބަރު ލިބުނީ ހަގު ދެދަރިންގެ އުފަން ދުވަހާ ވެސް ދިމާކޮށް ކަމަށެވެ. 

ސަންޖޭ ބުނީ ފާއިތުވި ދުވަސްތަކަކީ އެމީހުންގެ ދިރިއުޅުމުގައި ދަތި ދުވަސްތަކެއް ކަމަށެވެ. އޭނަ ވަނީ އޭނައަށް ފަރުވާކުރި ޑޮކްޓަރާއި ކޮކިލާބެން ހޮސްޕިޓަލުގެ ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.

އަދި އެންމެން ވެސް އާއިލާއަށްޓަކައި ކޮށްދިން ހެޔޮ ދުއާއަށް ޝުކުރު އަދާކޮށްފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް