ads
ކުރަނގި، މިއީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއް-- ފޮޓޯ: މޯލްޑިވްސް ބަޔޯޑައިވާސިޓީ
ހިމާޔަތްކޮށްފައިވާ ދޫނި ހިފާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޕީއޭއިން ދީފި
ހިމާޔަތްކޮށްފައިވާ ދޫނި ހިފާ، އެތަކެއްޗަށް ގޯނާ ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވާރަމަންޓެލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ.

އީޕީއޭއިން އެހެން ބުނެފައި ވާއިރު، އެހެން އަހަރުތަކާ އެއް ފަދައިން މި ދުވަސްވަރަކީ އެކި ގައުމުތަކުން ދޫނި ރާއްޖެއަށް ހިޖުރާ ކުރާ ދުވަސްވަރެވެ.

އެކަމަށް އިޝާރާތްކޮށް އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ހިޖުރަ ކުރާ ދޫނި ހިފާ، ބަންދުކޮށްގެން ގެންގުޅެ، އެތަކެއްޗަށް ގެއްލުންދޭ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. 

"... މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުން ދާތީ، މިކަމަކީ މި އެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް،" ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖެއަށް ހިޖުރަ ކުރާ ދޫނި ހިފާ، ގެންގުޅުމާއި އެތަކެތީގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން ފަދަ ކަންކަމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަންކަމެވެ.

އެފަދަ އަމަލެއްކޮށްފި ނަމަ 500 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭއަށް ލިބިފައި ވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް