ads
އިންޑިއާ އާއި އެމެރިކާގެ ދިދަ-- ފޮޓޯ: ރޮއިޓާޒް
އިންޑިއާއަށް ސެޓެލައިޓް ޑޭޓާ ފޯރުކޮށްދޭން އެމެރިކާއިން އެއްބަސްވަނީ
މިސައިލާއި ޑްރޯން ދެނެގަންނަން ފަސޭހަ ސެޓެލައިޓް ޑޭޓާ ލިބޭނެ ފަދަ އެއްބަސްވުމެއްގައި އިންޑިއާއިން އެމެރިކާ އާއެކު ސޮއިކުރަން ތައްޔާރުވެއްޖެ އެވެ.

ރޮއިޓާޒް އިން ރިޕޯޓު ކުރާ ގޮތުގައި އަންނަ ހަފްތާގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް، މައިކް ޕޮމްޕިއޯ އިންޑިއާއަށް ކުރައްވާ ދަތުރުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެ ދަތުރުގައި އެމެރިކާގެ ޑިފެންސް ސެކެޓްރީ މާކް އެސްޕާ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖޭޝަންކަރާއި ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގްއާ މަޝްވަރާ ކުރައްވާނެ އެވެ.

އަންނަ ހަފްތާގައި މައިކް ޕޮމްޕިއާ ރާއްޖެއަށް ވެސް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ އިންޑިއާ އާއި މި ސަރަހައްދުގެ އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކޮށް، ޗައިނާގެ ނުފޫޒަށް ހުރަސް އެޅުމަށެވެ. 

އެގޮތުން 2007 އިން ފެށިގެން 21 ބިލިއަން ޑޮލަރުގެ ހަތިޔާރު އެމެރިކާގެ ކުންފުނިތަކުން އިންޑިއާއަށް ވިއްކާފައި ވެއެވެ. އަދި ދެ ގައުމުން ސަލާމަތީ އެއްސބަސްވުންތަކުގައި ސޮއިކުރަން އެމެރިކާއިން ދަނީ ބާރު އަޅަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް