ads
ފޮޓޯ: ރައީސް އޮފީސް
ހެލްތު މިނިސްޓަރު ކަމަށް ކެރަފާ ނަސީމް އައްޔަން ކުރައްވައިފި
ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ހެލްތު މިނިސްޓަރުގެ މަގާމަށް ހެންވޭރު ހިކިފިނިފެންމާގެ، އަހުމަދު ނަސީމް އިސްކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އަރުވާފައިވާ ކަމަށެވެ. 

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ކެރަފާ ނަސީމް ވަނީ ކުރިން ފޮރިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. 

ހެލްތު މިނިސްޓަރުގެ މަގާމަށް ކެރަފާ ނަސީމް އައްޔަންކުރައްވާފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެގޮތުން ކޮވިޑާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިންގިކަމުގެ ތުހުމަތު އަމީންގެ މައްޗަށް ކުރެވި މަގާމުން ވަކިކުރުމަށް މަޖިލީހަށް މައްސަލަ ވައްދާއި، ޖަވާބުދާރީވުމަށް ނޯޓިސްވެސް ފޮނުވާފައިވަނިކޮށް އަމީން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. 

އަމީންއަކީ ޖޭޕީގެ ސްލެޓެއްގައި ހެލްތު މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅެއް ނަމަވެސް ކެރަފާ ނަސީމަކީ އެމްޑީޕީގެ އިސް ބޭފުޅެކެވެ. 

29%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
46%
ވަރަށް ސަލާމް
ކޮމެންޓްސް