ads
ރައީސް ނަޝީދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް--
މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެ: ނަޝީދު
ހެލްތު މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެކަމުގެ ޔަގީންކަން އެބައޮންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ، ހުސްވެފައިވާ ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ކެރަފާ އަހުމަަދު ނަސީމް އައްޔަން ކުރައްވާފައެވެ.

މިނިސްޓަރު ނަސީމަށް މަރުހަބާ ދަންނަވަމުން ރައީސް ނަޝީދް ވިދާޅުވީ، ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ކެރަފާ ނަސީމް އައްޔަން ކުރަން ރައީސް ނިންމެވި ނިންމެވުމަކީ ވަރަށްވެސް ފުރިހަމަ ނިންމެވުމެއް ކަމަށާއި، މިނިސްޓަރު ނަސީމް ތަފާތު ދައްކަވާނެކަމުގެ ޔަގީންކަން އެބަ އޮންނެވި ކަމަށެވެ. 

ނަޝީދް ވިދާޅުވީ، ރައީސް ސޯލިހު މި ނިންމެވުން ނިންމަވާފައި މިވަނީ، ރާއްޖޭގެ ސިއްހީ ދާއިރަށް، ތަޖުރިބާހުރި އަދި ހިންގުންތެރި ބޭފުޅެއް ނުހަނު ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. 

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ކެރަފާ ނަސީމް ވަނީ ކުރިން ފޮރިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. ހެލްތު މިނިސްޓަރުގެ މަގާމަށް ކެރަފާ ނަސީމް އައްޔަންކުރައްވާފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް