ޒުވާނުންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ޒުވާނުންނަށް ތަހުނިޔާ ދަންވަނަމުން ނައިބު ރައީސް ވިދާޅުވީ، ޒުވާން އުމުރަކީ މުސްތަގުބަލު ބިނާކުރުމަށްޓަކައި ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތައުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާ ކުރުން ކަމަށެވެ.
ޒުވާނުންގެ ގައުމީދުވަހުގެ ގޮތުގައި އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ސަރުކާރުން ފާހަގަކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. މިއަހަރުގެ ޒުވާނުންގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުންވެސް ޔޫތު މިނިސްޓްރީން އިސްނަގައިގެން އަންނަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.