ads
ތިން މަހުގެ މެދުކެނޑުމަކަށް ފަހު ބޯޑަރު ހުޅުވުމުން ރާއްޖެއަށް މިއަދު ފަތުރުވެރިން އައުން- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ރާއްޖެއިން ޔޫރަޕަށް ދާ މީހުން ކަރަންޓީވާން ނުޖެހޭ ގޮތަށް ހަދައިފި
ރާއްޖެ ހިމެނޭ ގޮތަށް ޔޫރަޕްގެ ގައުމުތަކުގެ ކަރަންޓީނު ލިސްޓުން ހަތަރު ގައުމެއް އުނިކޮށްފި އެވެެ.

ބޭރުގެ ނޫސްތަކުގައި ރިޕޯޓްކުރާ ގޮތުގައި ރާއްޖެ އާއި ކެނަރީ އައިލެންޑްސް އަދި ޑެންމާކާއި މިކަނޯސް ވަނީ ޔޫކޭގެ ކަރަންޓީނު ލިސްޓުން އުނިކޮށްފަ އެވެ. 

އެ ލިސްޓުން އެ ގައުމުތައް އުނިކުރުމާއެކު ދެން ރާއްޖޭގެ އިތުރުން ކެނަރީ އައިލެންޑްސް އަދި ޑެންމާކާއި މިކަނޯސްގައި ޗުއްޓީ ހޭދަކުރުމަށް ފަހު، އަނބުރާ ގޮސް 14 ދުވަހުގެ ސެލްފް އައިސޮލޭޓްވާކަށް ނުޖެހޭނެ އެވެ. 

އެ ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުގެ ފަތިހު 4:00 އިން ފެށިގެންނެވެ.

ޔޫކޭގެ ކަރަންޓީނު ލިސްޓުން ހަތަރު ގައުމެއް އުނިކުރިއިރު އެ ލިސްޓަށް ވަނީ އިތުރު ގައުމެއް ހިމަނާފަ އެވެ. އެއީ ޔޫރަޕްގެ ގައުމެއް ކަމަށްވާ، ލިޗްޓެންސްޓެއިން އެވެ. 

ޔޫކޭގެ ކަރަންޓީނު ލިސްޓުން ރާއްޖެ އުނިކުރިއިރު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މިވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި މީހުންގެ ތެރެއިން ކޮވިޑް ޖެހިފައި ވަނީ ވެސް މަދު ބަޔަކަށެވެ. 

ދުވަހެއް ދުވަހަކަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވެސް އިތުރުވަމުން އަންނައިރު ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން އަންނަނީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް