ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރާއްޖެއިން ފެނުނު ކަނޑޫ ގަސް--
ކެލާއިން ފެނުނު ގަހަށް އެރަށަށް ނިސްބަތްކޮށް ނަންދީފި
ދުނިޔެއިން ނެތިދާނެކަމުގެ ބިރުހީވެފައިވާ ބާވަތެއްގެ މެންގްރޫވެއް ކަމަށްވާ، ބުރުގެރިއާ ހެނެސީ، ހއ. ކެލާއިން ފެނިފައިވާއިރު އެ ގަހަށް ދިވެހި ނަމެއްދީފި އެވެ.
Advertisement

މުޅިން އަލަށް މިބާވަތުގެ ގަހެއް ރާއްޖެއިން ފެނިފައިވާކަން އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. 

ކެލާ އިން ފެނުނު އެގަހަށް ދީފައިވާ ދިވެހި ނަމަކީ "ކެލަވަކި" އެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ގަހަށް ކެލަވަކީގެ ނަންދީފައި ވަނީ އެ ބާވަތުގެ އެހެން ގަސްގަހަށް ދެވިފައިވާ ނަންނަމާއި އެ ބާވަތް ފުރަތަމަ ފަހަރަށް ޔަގީންކުރެވުނު ކެލާއަށް ނިސްބަތްކޮށް ކަމަށެވެ. 

ކެލަވަކީގެ ނަންދީ އެ ނަން ފާސްކޮށްފައި ވަނީ ދިވެހި ބަހުގެ އެކަޑަމީންނެވެ. 

މީގެ ކުރިން ހެދިފައިވާ ސާވޭތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި ވެސް 2010 ވަނަ އަހަރާއި ހަމަޔަށް ކުރީ އޭގެ އެންމެ 200 ގަސް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

ރާއްޖޭގެ ކަނޑޫފާއަކުން އެ ބާވަތް ފެނިގެންދިޔައިރު މިއީ އައިޔޫސީން، ދުނިޔެއިން ނެތިދާނެ ކަމުގެ ބިރުހީވެފައިވާ ގަސްތަކުގެ ތެރޭގައި ހިމަނާފައިވާ ބާވަތެއްގެ ގަހެކެވެ.

ރާއްޖެއިން މުޅިން އަލަށް އެ ބާވަތް ފެނުނީ ކެލާ ކަނޑޫފާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ސާވޭއެއްގެ ތެރެއިންނެވެ. އެގޮތުން އެ ބާވަތުގެ ހަތަރު ގަހެއް އެތަނުން ފެނިފައިވެ އެވެ. 

މީގެ ކުރިން ރާއްޖެއިން 14 ބާވަތެއްގެ ކަނޑޫ ގަސް ފެނިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް