ads
ލިލީ ބީޗް--- ފޮޓޯ: ބިންގް
ސޯޝަލް މީޑިއާ އިންފްލުއެންސަރުންނާ ގުޅިގެން ލިލީ ރިސޯޓު އިޝްތިހާރު ކުރަނީ
ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އިން އެ ރިސޯޓާއި ގުޅިގެން މާކެޓިން ކެމްޕެއިންގެ މަސައްކަތްތައް ކުރަން "ސޯޝަލް މީޑިއާ އިންފްލުއެންސަރުންނަށް" ފުރުސަތެއް ހުޅުވާލައިފި އެވެ.

ލިލީ ބީޗް ރިސޯޓާއި ގުޅިގެން މާކެޓިން ކެމްޕެއިންގެ މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ރިސޯޓްގެ ވެބްސައިޓްގައި ވަނީ ވަކި ޕޭޖެއް ލޯންޗްކޮށްފަ އެވެ. 

އެގޮތުން، އެ ޕޭޖްގެ ސަބަބުން މާކެޓިން ކެމްޕެއިންގެ މަސައްކަތްތައް ކުރާނެ ފަރާތްތައް ލިބުމަށް ފަސޭހަވެ، އެ ރިސޯޓް ކުރިއެރުވުމަށް މަގުފަހިވެގެން ދާނެ ކަމަށް ލިލީ ބީޗް ރިސޯޓުން ބުނެ އެވެ.

އެ ޕޭޖުގެ މަގުސަދަކީ ސޯޝަލް މީޑިއާ އިންފްލުއެންސަރުންގެ ތެރެއިން ލިލީ ރިސޯޓް މާކެޓު ކުރަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެމީހުންނާއެކު މަސައްކަތް ކުރުމެވެ.

އަރިއަތޮޅުގެ ދެކުނުގައި އޮންނަ ލިލީ ބީޗް ރިސޯޓަކީ ފަސްތަރީގެ ރިސޯޓެކެވެ. ޓްރިޕް އެޑްވައިޒާ އިން ދޭ "ޓްރެވަލާސް ޗޮއިސް އެވޯޑްސް" އަށް ތިން ފަހަރެއްގެ މަތިން ނޮމިނޭޓް ވެފައިވާ އިރު، 2018 ވަނަ އަހަރު އޭޝިއާގެ އޯލް އިންކްލޫސިވް ރިސޯޓްގެ ކެޓަގަރީ އިން ދެވަނަ އަދި 2019 އާއި 2020 ގައި މި ކެޓަގަރީ އިން ރާއްޖެއަށް އެއްވަނަ ހޯދައިދިނީ މި ރިސޯޓުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް