
އެގޮތުން ސީޝެލްސް އެއާ އިން ދެކުނު އެފްރިކާގެ ޖޮހަނެސްބާގުން ރާއްޖެއަށް މިއަހަރުގެ ޑިސެމްބަރު 4 އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 9 އަކަށް ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ދަތުރުތައް ކުރިއަށްދާނެ އެވެ. ސީޝެލްސް އެއާ އިން ދަތުރުތައް ފެށުމަށް ތާވަލުކޮށްފައިވާ އިރު، ދާދިފަހުން ރާއްޖެ އާއި ސީޝެލްސް އިން ވަނީ ދެ ގައުމުގެ ބޯޑަރުތައް ހުޅުވާލައިފަ އެވެ.
ޖޮހަނެސްބާގުން ވެލާނާ އިންޓަނެޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ކުރާ ފްލައިޓްތައް ރާއްޖެއަށް އައުމުގެ ކުރިން ސީޝެލްސްގައި ކުޑަވަގުތުކޮޅަކަށް މަޑުކުރުމަށް ހަމަޖެހިފައިވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން އެއާލައިންތަކުން ފިޔަވަޅުތައް އަޅާފައިވާ އިރު، އެއާ ސީޝެލްސް އިން ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ކުރިން ނަގާފައިވާ ޕީސީއާރު ސާމްޕަލްގެ ނަތީޖާ ނެގެޓިވްވާން ޖެހެއެވެ.
ރާއްޖެއިން ޖުލައި 15 ގައި ބޯޑަރުތައް ހުޅުވާލިއިރު، މިހާތަނަށް 27،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.