ads
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރަން ނަން ފޮނުވާފައިވާ އައިޝަތު އަސްނާ ހަމްދީ
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އަންޔަން ކުރަން މަޖިލީހުން ރުހުން ދީފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އާއިޝަތު އަސްނާ ހަމްދީ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
Advertisement

އަސްނާ ޑެޕިއުޓީ ގަވަރުނަރަކަށް ކަމަށް އައްޔަން ކުރަން މަޖލީހުން ފާސްކޮށްފައި ވަނީ މިއަދު މަޖިލީހުގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވެވައިގެންނެވި 73 މެމްބަރުން ވަނީ އަސްނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވާފަ އެވެ.

މި މަގާމަށް އަސްނާ ހަމްދީ އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު އިމާދު މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.

އިމާދު އިސްތިއުފާދެއްވާ ނެރުއްވި ބަޔާނުގައިވަނީ އެ ނިންމުން ނިންމީ މި ފަހުން، އެމްއެމްއޭ އިން ނިންމާފައިވާ ނިންމުންތަކަކީ އޭނާގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ ކަމަށެވެ.

މާލިއްޔަތު ކޮމިޓީން އަސްނާއާ އިންޓަވިއު ކުރުމަށްފަހު، އޭނާގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ނިންމާފައިވަނީ އޭނާއަކީ މަގާމަށް ގާބިލު ފަރާތެއްކަމަށެވެ. މާލީ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަސްނާ، އެމްއެމްއޭގެ ހިދުމަތާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ވަނީ އެމްއެމްއޭގެ އެކި މަގާމުތައް ފުރުއްވާފައެވެ.

އަސްނާ ވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް އީސްޓްލަންޑަންއިން ބެޗްލަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި އޭނާ ވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ނޮޓިންގހަމްއިން މާސްޓަރސް އިން ބިޒްނަސް ފައިނޭންސް ހާސިލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް