މަޝްރޫއު ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށްޓަކައި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ނެއްލައިދޫ ބަނދަރު ސަރަހައްދަށް ޒިޔާރަތް ކުރައްވާފަ އެވެ.
މި މަޝްރޫއުގެ ދަށުން 61،714 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 223 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 204 މީޓަރުގެ ޑޮކް އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1،812 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އަށް މިދިޔަ އަހަރުގެ އޮގަސްޓް 27 ގައި މަޝްރޫއު ހިންގަން ހަވާލުކޮށްފައިވާއިރު، މަޝްރޫއަށް ޖުމްލަ 47.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.