ads
ފިޔަވަތި
ފިޔަވަތިން ޕޮޒިޓިވްވި އަދަދު 38 އަށް
ހުޅުމާލޭގައި ހުންނަ ފިޔަވަތިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 38 އަށް އަރާފައިވާ ކަމަށް ހެލްތު ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ބުނީ ފިޔަވަތިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެތަނުގައި މަސައްކަތްކުރަމުން އަންނަ 20 މުވައްޒަފަކާއި 18 ކުއްޖެއް ކަމަށެވެ. 

އިއްޔެ އިތުރު ދެ މުވައްޒަފަކު ކޮވިޑަށް ފިޔަވަތިން ޕޮޒިޓީވްވެފަިވާކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެމީހުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގި ދެމީހުުންކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. 

އެތަނުން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު މިހާރު ވަނީ 80 އަށް އަރާފަ އެވެ. އަދި ރިލީޒް ސާމްޕަލް މިއަދު ނެގުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ފިޔަވަތީގެ އެންމެ ފުރަތަމަ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވީ ސެޕްޓެމްބަރު 30 ގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް