ads
ނ. ހޮޅުދޫގައި ތަރައްގީކޮށްފައިވާ މަސް ކަނޑާ ތަން--- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ އެހީގައި ހޮޅުދޫގައި މަސްކަނޑާ ތަނެއް ތަރައްގީކޮށްފި
ބޭންކް އޮފް މޯލްޑިވްސް ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ އެހީގައި، ނ. ހޮޅުދޫގެ އެމްސީއެފް ޖަމިއްޔާ، އެ ރަށުގެ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ތަރައްގީކޮށްފި އެވެ.

މަހެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ މި މަސްކަނޑާ ތަނުގައި އެއްފަހަރާ އަށް މީހުންނަށް ތިބެވޭ އިރު، ސާފު ފެނާއި ކަރަންޓުވެސް އެތަނަށް ލިބޭނެއެވެ. އަދި ތަކެތި ރައްކާކުރެވޭނެ ގުދަނެއްވެސް ހިމެނޭ މި މަސްކަނޑާ ތަން މަސްވެރިންގެ އިތުރުން އާންމުންނަށްވެސް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ބީއެމްއެލްގެ ފަރާތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވަނީ އެ މަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު ދަންނަވައި، މަސްކަނޑާ ތަނުގެ ސަބަބުން ހޮޅުދޫގެ ރައްޔިތުންނަށާއި މަސްވެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ހޮޅުދޫގެ އެމްސީއެފް ޖަމިއްޔާގެ ފަރާތުން މައުލޫމާތު ދެއްވަމުން، އެ ޖަމިއްޔާގެ މެމްބަރު މޫސާ ޝިމާއު ވަނީ މަސްކަނޑާ ތަން ތަރައްގީ ކުރުމުގެ ކުރިން މަސްވެރިންނަށާއި އެ ރަށުގެ ރައްޔިތުންނަށް ދިމާވި ދަތިތައް ފާހަގަކުރައްވާފަ އެވެ. އަދި މި މަޝްރޫއު ކާމިޔާބުކަމާއި އެކު ނިންމާލެވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލާފައިވާ އިރު، ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ޕްރޮޕޯސަލް ވަނީ ހޮވިފައެވެ. އަދި ތިންވަނަ ފިޔަވަހީގައި ދިހަ ޕްރޮޕޯސަލެއް ހޮވިގެންދާނެ ކަމަށާއި، ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ގިނަ ރަށްތަކަށް ވަނީ ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް