ads
ޑރ. ޖަމީލް--
ޖަމީލްގެ ރައްދު އިމްރާނަށް: "ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ"
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އާންމުން ސިފަކުރާވަރު ބޮޑު ރޭޕްކޭސްއެއް ނުހިނގާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވާހަކައަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައްދު ދެއްވައިފި އެވެ.

ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އާއްމުންގެ ތެރޭގައި ދެކެވޭ ކަަހަލަ ބޮޑު ރޭޕްކޭސްއެއް ނުހިނގާ ކަމަށެވެ. އަދި ރޭޕް ކޭސް އެއް ހިނގައިގެން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅެއް ނޭޅި ކަމަށް ނުބުނެވޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަތަަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ޤާނޫނުލްއުޤޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ކަހެއް ތަހްޤީޤްކޮށް، ހަމަހަމަކޮށް ދައުވާކުރަންޖެހޭނެ ކަމަށެވެ. އަދި ވަކި ބަޔަކު ކުށް ކުރުމުން ކުށަކަށް ނުވާނެ އުސޫލެއް ވެސް ނޯންނާނެކަމަށް ޖަމީލް ވިދާޅުވި އެވެ. 

ޖަމީލް ވަނީ މިނިސްޓަރު އިމްރާންގެ ވާހަކަތަކުން ޖިންސީ ފުރައްސާރައަށް ހިތްވަރު ލިބޭކަމަށް ވިދާޅުވެފަ އެވެ. 

"ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ."

އޭގެއިތުރުން ޖަމީލް ވަނީ އިމްރާން އެ މައްސަލައިގައި ވާހަކަ ދައްކަވާފައިވާގޮތުން ގިނަ ބަޔަކަސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް