ads
އަހްމަދު އަފީފް،--- ފޮޓޯ: ނެޝަނަލް އެސެމްބްލީ އޮފް ސީޝެލްސް
ސީޝެލްސްގެ ނައިބު ރައީސްކަމަށް އަހްމަދު އަފީފް އިންތިހާބުވެއްޖެ
ސީޝެލްސްގެ ނައިބު ރައީސް ކަމުގެ މަގާމަށް އައްޑޫ އަބްދުﷲ އަފީފް ދީދީގެ ދަރިކަލުން އަހްމަދު އަފީފް އިންތިހާބުވެއްޖެއެވެ.

ސީޝެލްސް ގައި ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ރައީސް ކަމަށް ހޮވިވަޑައިގަތީ އެގައުމުގެ އިދިކޮޅު ލީޑަރު ވާވެލް ރަމްކަލަވަމް އެވެ. ވާވެލް ރަމްކަރަވަލްގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވީ އަހުމަދު އަފީފެވެ. އޭނާ އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ ސީޝެލްސްގެ މިހާރުގެ ރައީސް ޑެނީ ފައުރޭ އާއި ވާދަކޮށް، 54.9 އިންސައްތައިގެ ވޯޓް ލިބިވަޑައިގެންނެވެ.

އަހްމަދު އަފީފް ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ވާވިކް ޔުނިވާސިޓީއިން ސައިންސުން ބެޗެލާސް ޑިގްރީ އެއް ހާސިލްކުރައްވައިފައެވެ. ކިޔަވާ ވިދާޅުވެ، އެނބުރި ސީޝެލްސް އަށް ވަޑައިގަތުމަށްފަހު، ގައުމަށް އެތަކެއް ހިދުމަތްތަކެއް ކޮށްދެއްވާފައި ވެއެވެ. އެގޮތުން 1995 ގައި ސީޝެލްސްގެ ބައިނަލްއަގުވާމީ ވިޔަފާރީގެ އޮތޯރިޓީގައި އުޅުއްވުމަށްފަހު، އެ ގައުމުގެ ފިނޭންސް ޑިޕާޓްމެންޓްގައި، އަދި ރައީސް އޮފީހުގައި މަސައްކަތްކުރައްވާފައި ވެއެވެ.

2008 ވަނަ އަހަރުގައި އަހްމަދު އަފީފް ވަނީ ސީޝެލްސްގެ ވިޔަފާރިއާއި އިގްތިސާދު ރިފޯމްކުރުމުގައި ބޮޑު ދައުރެއް އަދާކުރައްވާފަ އެވެ. އަހްމަދު އަފީފް 2012 ވަނަ އަހަރާއި ހަމައަށް ސީޝެލްސްގެ ފިނޭންސް މިނިސްޓްރީގައި އުޅުއްވުމަށްފަހު، ވިޔަފާރިތަކަށް ލަފާ އަރުވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވިއެވެ.

2016 ވަނަ އަހަރު، އަހްމަދު އަފީފް ވަނީ ސީޝެލްސްގެ ގައުމީ މަޖިލިހުގައި އެ ގައުމުގެ އަންސޭ އެޓޮއިލްގެ ދާއިރާ ތަމްސީލުކުރައްވާފައެވެ. ދާދިފަހުން އޭނާ ހުންނެވީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލިހުގެ ނައިބު ރައީސްކަމުގެ މަގާމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް