ads
ނާލާފުށީގައި އަޅާ އާ އޮފީސް އިމާރާތާއި އިންޖީނުގެ--- ފޮޓޯ: ހަސަން ޝާހް
ނާލާފުށީގައި އިމާރާތްކުރާ އާ އިންޖީނުގެ އާއި އޮފީހުގެ ބޮޑު ބައެއް ނިމިއްޖެ
މ. ނާލާފުށީގައި އިމާރާތްކުރާ އާ އިންޖީނުގެ އާއި އާ އޮފީސް އިމާރާތްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދީފި އެވެ.

އެގޮތުން ނާލާފުށީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެ ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދަކަށް ބަދަލުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތަކަކީ އިންޖީނުގެ އަށް ބޭނުންވާ ތެޔޮ ރައްކާކުރާނެ ޓޭންކެއް ހެދުމާއި، އާ އިމާރާތްތަކުގައި ކުލަލުމުގެ މަސައްކަތްކަމަށް ވެސް ފެނަކަ އިން މައުލޫމާތުދެ އެވެ.

ނާލާފުށީގެ ޒަމާންވީ އިންޖީނުގެ ހުޅުވިފައިވަނީ 1999 ވަނަ އަހަރުގަ އެވެ. ނަމަވެސް ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި އިންޖީނުގެ އިމާރާތްކޮށްފައިވާތީ، އެ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އިންޖީނުގެ އިން އަންނަ ދުމުގެ ސަބަބުން ކައިރި ގެތަކަށް ސާފު ވާރޭފެން ލިބުމަށް ދަތިތަކާއި ކުރިމަތިވެފައިވުމާއި، އިންޖީނުގެ އާއި ކައިރީގައި ހުރި ގެތަކަށް ކެމިކަލްގެ އަސަރު ކުރުމުގެ ސަބަބުން ބަލިވުން އަވަސްވާ ކަމަށާއި، އަދި އިންޖީނުގެއިން އަޑުގަަދަވުމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާކަމުގެ ޝަކުވާތައް ކުރެ އެވެ.

އެހެންވެ، ނާލާފުށީގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދާއި އެކަހެރި ހިސާބެއްގައި އާ އިންޖީނުގެ އިމާރާތްކުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ލުއެއް ލިބޭނެކަމަށް ފެނަކަ އިން މައުލޫމާތުދެ އެވެ.

ފެނަކަ ކޯޕަރޭޝަނުން މ. ނާލާފުށީގައި އާ އިންޖީނުގެ އާއި އޮފީސް އިމާރާތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޓަލޮކް ކޮންސްޓްރަކްޝަން އާއި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 25 ގައެވެ. މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 2 ގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް