ads
ސެމްސަންގްގެ ޗެއާމަން ލީ ކުން-ހީ---
ސެމްސަންގް ކުންފުނީގެ ޗެއާމަން މަރުވެއްޖެ
މަޝްހޫރު ކުންފުނި ސެމްސަންގްގެ ޗެއާމަން ލީ ކުން-ހީ މިއަދު މަރުވެއްޖެ އެވެ.

ލީ މަރުވި މެދުވެރިވި ސަބަބު ސެމްސަންގުން ހާމަކޮށްފައިނުވާ އިރު، މީގެ ކުރިން ލީ އަށް ވަނީ 2014 ވަނަ އަހަރު ހާޓް އެޓޭކެއް ޖެހިފަ އެވެ.

ލީ ކުން-ހީ އަކީ 1938 ވަނަ އަހަރު ސެމްސަންގް ވުޖޫދަށް ގެނައި ލީ ބްޔުން-ޗުލްގެ ތިންވަނަ ދަރިފުޅެވެ. 1968 ވަނަ އަހަރު ލީ ސެމްސަންގް އާއި ގުޅިވަޑައިގަތް އިރު، 1979 ވަނަ އަހަރު އެ ކުންފުނީގެ ވައިސް ޗެއާމަންކަމުގެ މަގާމާއި ހަވާލުވި އެވެ. 1987 ގައި ލީ ގެ ބައްޕަ މަރުވުމުން ސެމްސަންގް ކުންފުނީގެ ޗެއާމަން ކަމާއި ލީ ހަވާލުވި އެވެ.

ސެމްސަންގް ވުޖޫދަށް އައިއިރު، ފުރަތަމަ އެ ކުންފުނިން ވިއްކަން ފެށީ ހަކުރާއި ފޮއްޗެވެ. އޭގެ ފަހުން އިންޝުއަރެންސް އާއި ބޯޓު ހެދުމުގެ ވިޔަފާރި އާއި، އިމާރާތްކުރުމުގެ ވިޔަފާރި އަށް އެ ކުންފުނިން ވަދެފައިވެ އެވެ. ލީ ކުން ހީ ސެމްސަންގާއި ހަވާލުވުމަށްފަހު، އެ ކުންފުނި ވަނީ ޓެކްނޮލޮޖީގެ ދާއިރާ އިން ކުރި އަރައިގެން ގޮސްފަ އެވެ. އެގޮތުން 90 ގެ ކުރީކޮޅު ލީ ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ޖަޕާން އާއި އެމެރިކާގެ ކުންފުނިތައް ފަހަތަށް ޖައްސާލުމަށްފަހު، ސެމްސަންގް އިން މެމޮރީ ޗިޕް ފަދަ ތަކެތި އުފެއްދުމުގައި އެންމެ ކުރީ ސަފުގައި ހިމެނިގެން ދިޔައެވެ.

މިއަދު ސެމްސަންގް ކުންފުނީގެ ދަށުން ހިނގާ ސެމްސަންގް އިލެކްޓްރޯނިކްސް އަކީ ދެކުނު ކޮރެޔާގެ އިގްތިސާދުގެ މައި އެއް ތަނބެވެ.

ލީ މަރުވުމަށް ފަހު ސެމްސަންގް ކުންފުނީގެ ޗެއާމަން ކަމާއި ހަވާލުވާނެކަމަށް ބެލެވެނީ ލީ ގެ ދަރިފުޅު ލީ ޖައެ-ޔޮންގް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް