ads
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް-- ފޮޓޯ: އެމްއޭސީއެލް ޓްވިޓާ
ކޮމާޝަލް ފްލައިޓުތަކާއި ޕްރައިވެޓު ޖެޓުތައް އައުން އިތުރުވެއްޖެ
ބޯޑަރު ހުޅުވާލި ފަހުން، ކޮމާޝަލް ފްލައިޓްތަކާއި، ޕްރައިވެޓް ޖެޓްތައް ރާއްޖެ އަންނަ އަދަދު އިތުރުވެއްޖެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މަހުން މަހަށް ޗާޓާ ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތައް ރާއްޖެ އަންނަ މިންވަރު ވަނީ އިތުރުވެފަ އެވެ. 

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 273 ފްލައިޓް ރާއްޖެ އައިސްފައި ވެއެވެ. 

އެއީ ޖުލައި މަހު 28 ފްލައިޓާއި، އޮގަސްޓް މަހު 59، ސެޕްޓެމްބަރު މަހު 60، އަދި އޮކްޓޯބަރު މަހު 126 ފްލައިޓެއް ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. 

your imageއެމްއޭސީއެލްގެ ތަފާސް ހިސާބުތައް--- ފޮޓޯ: އެމްއޭސީއެލް ޓްވިޓާ

ރާއްޖޭގެ އެއާޕޯޓްތަކަށް ފްލައިޓްތައް އައުން އިތުރުވެފައިވާ އިރު، ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ވެސް ވަނީ މަހުން މަހަށް އިތުރުވަމުންނެވެ. 

އެގޮތުން މިހާތަނަށް 31،000 އަށް ވުރެ ގިނަ ފަތުރުވެރިން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން އަންދާޒާ ކުރާ ގޮތުގައި އަންނަ އަަހަރު ރާއްޖެއަށް 725،000 ފަތުރުވެރިން ޒިޔާރަތް ކުރާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް