ads
ފޮޓޯ: ސަން
ސުވެނިއާ ވިޔަފާރިތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މި ދަނީ ކުރަމުން: ޓޫރިޒަމް
ރާއްޖޭގައި ސުވެނިއާގެ ވިޔަފާރި ކުރާ ފިހާރަތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

އެގޮތުން ސުވެނިއާ ވިޔަފާރިއަކީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިއަކަށް ވުމާއެކު، ސުވެނިއާ ފިހާރަތައް ހިންގާ ފަރާތްތަކަށް މަންފާ ލިބޭނެ އިތުރު މަގު ތަނަވަސްކޮށްދިނުމަށްޓަކައި، އަދި ސުވެނިއާ ފިހާރަތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސުވެނިޔާގެ ވިޔަފާރި ކުރާ ފިހާރަތައް ދަފްތަރުގައި ހިމެނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.

ސުވެނިޔާ ވިޔަފާރި ކުރާ ފަރާތްތައް ދަފްތަރުގައި ހިމެނުމުގެ ސަބަބުން ދިވެހި އުފެއްދުންތައް އިތުރުވެ، ދިވެހި އުފެންދުންތަކުގެ މާކެޓް ފުޅާވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރައިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

ސުވެނިއާ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމެނުމަށް ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އިން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް