ޖީޖީ އަދި އޭނާގެ ލޯބިވެރިޔާ، ލަވަކިޔުންތެރިޔާ ޒެއިން މާލިކްގެ ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ މަހު އެވެ.
އޭގެ ފަހުން ފުރަތަމަ ފަހަރަށް މަޝްހޫރު މޮޑެލް ޖީޖީ މި ވަނީ އިންސްޓަގްރާމުގައި ސެލްފީއެއް ޕޯސްޓުކޮށްފަ އެވެ.
އެ ފޮޓޯގައި "ވޯޓު" ލިޔެފައިވާ ޓީޝާޓެއް ލައިގެން ޖީޖީ ހުންނައިރު، އޭނާއަކީ މިދިޔަ މަހު ވިހާފައި ހުރި މީހެއް ކަން ދޭހަވާ އެއްވެސް ނިޝާނެއް ނުފެނެ އެވެ.
ޖީޖީ ޕޯސްޓުކުރި ސެލްފީ--
އެ ފޮޓޯ މެދުވެރިކޮށް ޖީޖީ ފޭނުންނަށް ބުނެފައި ވަނީ މިހާރު ކުރިއަށްދާ އެމެރިކާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ މުހިއްމު ކަމެވެ.
އިންސްޓަގްރާމަށް ދޫކޮށްލި އެ ފޮޓޯއާއެކު ޖީޖީ ކެޕްޝަނުގައި ލިޔުނީ ވެސް ވޯޓުލުމުގެ މުހިއްމު ކަމެވެ. އަދި އާލީ ވޯޓިންގެ ދަށުން އޭނާ ވޯޓުލާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.