ads
ޝަންގްރިއްލާ ރިސޯޓް-- ފޮޓޯ: އަގޯޑާ
މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރަނީ
މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފެމިލިއަރައިޒޭޝަން ޓްރިޕް އެއް ފަށައިފި އެވެ.

މިއީ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވައިލުމާއެކު، "ރީޑިސްކަވާ މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި ކުރިއަށް ގެންދާ ދެވަނަ ފެމިލިއަރައިޒޭޝަން ޓްރިޕެވެ. 

މި ފެމިލިއަރައިޒޭޝަން ޓްރިޕްގެ މަގްސަދަކީ މެދުއިރުމަތީގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި ތަނަކީ ރާއްޖެ ކަމަށް އަންގައިދީ، ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިންގެ ސަލާމަތަށް އެޅިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުން ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

މިދިޔަ އަހަރު މެދުއިރުމަތީ ސަރަހައްދުން ރާއްޖެއަށް 60،003 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 15.1 އިންސައްތަ އިތުރު އަދަދެކެވެ. 

މި ވަގުތު ރާއްޖެއަށް މެދުއިރުމަތިން ދަތުރުކުރާ ފްލައިޓްތަކުގެ ތެރޭގައި ފްލައި އެމިރޭޓްސް، ގަތަރު އެއާވޭސް، އަދި ގަލްފް އެއާ ހިމެނެ އެވެ. މީގެ އިތުރުން ފްލައި ދުބާއީ އިން މިއަދު ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މެދުއިރުމަތިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ހިންގާ ތަފާތު ކެމްޕޭންތަކުގެ ތެރޭގައި ޑިނާޓާ ޓްރެވަލް އާއި އެމިރޭޓްސް ވުމަން އާއެކު ކުރިޔަށް ގެންދާ މާކެޓިން ކެމްޕޭން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް