
ސްޓެލްކޯ ކަރަންޓު ފޮއްޓަށް ގެއްލުންދީގެން ހައްޔަރުކުރި މީހާ.
ކަރަންޓް ކޭބަލްތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި
އަލީ މިދުހަތު
23 މޭ 2025 - 23:14:54
ޗާނދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެ އާއި ބައެއް ގެތަކަށް ކަރަންޓު ދޭން ބޭނުންކުރާ ފޮއްޓެއްގެ ހުރިހާ ކޭބަލެއް ބުރިކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުށުގެ ވެށިން ހައްޔަރުކުރީ އިސްމާއިލް ސަމީމް، ށ. މިލަންދޫ، ނަސީމީވިލާ ކަމަށެވެ. އެއީ އުމުރުން 29 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތަކެއް ބުރިކޮށް، ގެއްލުން ދީފައިވާ މައްސަލައެއްގައި ކަމަށެވެ.
އެ ގެއްލުމުގެ ސަބަބުން ހަތް ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކަރަންޓު ކޭބަލްތައް ބުރިކޮށްގެން ވަގަށް ނެގުމަކީ ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. މިކަން ކުރަނީ ކޭބަލްގައި ހުންނަ ލޮއެ ވިއްކައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް