ads
ބާސެލޯނާގެ ރައީސް ބާޓޮމެއު އަދި މެސީ--
ޕްރެޝަރު ބޮޑުވެ ބާސެލޯނާގެ ރައީސް އިސްތިއުފާ ދީފި
ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވެ ބާސެލޯނާގެ ރައީސްގެ މަގާމުން ޖޯސެފް ބާޓޮމެއު އިސްތިއުފާ ދީފި އެވެ.

ބާޓޮމެއު އިސްތިއުފާ މި ދިނީ އެންމެ ފަހު ވަގުތާ ހަމައަށް ވެސް އިސްތިއުފާ ނުދޭނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ.

ބާސެލޯނާގެ ރައީސް އިސްތިއުފާ ދިނީ  އޭނާގެ އިތުބާރު ނެތް ކަމަށް ކްލަބުގެ ސަޕޯޓަރުން ނިންމައި، އެކަމުގެ ޕްރެޝަރު ބޮޑުވެގެންނެވެ. ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން ވިހި ހާހަށް ވުރެ ގިނަ މީހުން ވަނީ އޭނާގެ އިތުބާރު ނެތް ކަމަށް ޕެޓިޝަނެއް ހަދާފަ އެވެ.  

ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާގެ އިންތިހާބު އޮންނާނީ އަންނަ މާޗް މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް