ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ މެޗަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ސަބަބަކީ މިއީ ދުވަސްތަކަށް ފަހު މެސީއާ ރޮނާލްޑޯގެ ކުރިމަތިލުމެއް އޮންނަ ދުވަހަށްވާތީއެވެ. އެހެންނަމަވެސް ފަހު ވަގުތު ރޮނާލްޑޯއަށް ކޮވިޑްގެ އަސަރުކޮށް ފޯރި ގަދަވާނެ ކަމަށް ބެލެވޭ މެޗު ގެއްލޭނެކަން ކަށަވަރުވީއެވެ.
ރޮނާލްޑޯވަނީ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގައި ބާސެލޯނާއާ ދެކޮޅަށް ކުޅެފައެވެ. އެހެންނަމަވެސް އޭނާ އިޓަލީގެ ޔުވެންޓަސްއާ ގުޅުނު ފަހުން މިއީ ބާސާއާ، ޔުވެންޓަސް ކުޅޭ ފުރަތަމަ މެޗެވެ.
ޔުވެންޓަސްއާ ބާސެލޯނާ ބައްދަލު ކުރާ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު އެކެއް ޖަހާއިރުއެވެ. މެޗު ކުޅޭނީ އިޓަލީގެ، ޔުވެންޓަސްގެ ދަނޑުގައެވެ.