ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
ދަރަނި ދެއްކުން ފަސްކޮށްދޭން ޖީ20 ގައި ރާއްޖެއިން އެދިއްޖެ
މި އަހަރު ނިމެންދެން ރާއްޖޭގެ ދަރަނިތައް ދެއްކުން ފަސްކޮށްދިނުމަށް ޖީ20 ގައި އެދިއްޖެ އެވެ.

އެކަން އިއުލާން ކުރެއްވީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ޝާހިދު ވިދާޅުވީ ޖީ20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއައި) ގައި ރާއްޖެއިން މިހާރު ބައިވެރިވެފައިވާ ކަމަށާއި 2020 ވަނަ އަހަރު ނިމެންދެން ދަރަނިތައް އަނބުރާ ދައްކަން ފެށުން ފަސްކޮށްދޭން ރަސްމީކޮށް އެދިފައި ވާނެ ކަމަށެވެ. 

އެހެން ކުދި ގައުމުތައް ފަދައިން ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި އެ ކަންކަމުން އަރައިގަތުމަށް އެހީ ބޭނުންވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެހެންކަމުން މިކަމުގައި އެމެރިކާގެ އެހީ އާއި އެއްބާރުލެއްވުމަށް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ. އެއީ ޑީއެސްއެސްއައި މުއްދަތު އިތުރު ކުރުމަށާއި ޕްރައިވެޓް ކްރެޑިޓަރުން ހިމެނުމަށެވެ. 

ޑީއެސްއެސްއައި އަކީ ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ގައުމުތަކުގެ ދަރަނި މެނޭޖު ކުރުމަށް އެހީވުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް އިން ގޮވާލުނުން އުފައްދާފައިވާ ނިޒާމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް