ޝްރައްދާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ހަރުފައެއްގެ ރޯލުން ކަމަށް އޭނާ ވަނީ އިއުލާންކޮށްފަ އެވެ.
ނިކިލް ދްވިވެދީ ޑައިރެކްޓު ކުރާ އެ ފިލްމަކީ ލޯބީގެ ޓްރިލޮޖީ ފިލްމެކެވެ. ނިކިލްގެ "ނާގިން" އިން މީގެ ކުރިން އޭރުގެ އެންމެ މަޝްހޫރު ތަރި ސްރީދޭވީ ވެސް ފެނިގެން ގޮސްފައި ވެއެވެ.
ޝްރައްދާ ބުނީ ސްރީދޭވީ ފަދަ މަޝްހޫރު ތަރިން މީގެ ކުރިން ހަރުފައިގެ ރޯލްތައް ކުޅެފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ރޯލެއް ކުޅެން ލިބުމުން ވަރަށް އުފާވާ ކަމަށް އޭނަ ބުނެފައި ވެއެވެ.
ޝްރައްދާ ވަނީ މިހާތަނަށް މަޝްހޫރް އެތައް ފިލްމަކުން ގިނަ އެވޯޑްތަކެއް ހޯދާފަ އެވެ.