އިންޓަނޭޝަނަލް ޕަވާ ޕޮލިޓިކްސްގެ ތެރެއަށް ރާއްޖެ ވައްޓާލީ މި ސަރުކާރުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Advertisement
"ބްރިޖު ހުޅުވުން އިންޑިއާ އިން ކުރީ ބޮއިކޮޓް" ނަމުގައި 2018 ވަނަ އަހަރު ދިވެހި ނޫހެއްގައި ލިޔެފައިވާ ލިޔުމެއްގެ ސުރުހީގެ ސްކްރީންޝޮޓެއް ހިއްސާކުރައްވާ ސައީދު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޓަނޭޝަނަލް ޕަވާ ޕޮލިޓިކްސްގެ ތެރެއަށް ރާއްޖެ ވައްޓާލީ މި ސަރުކާރުގެ ބޮޑުންނާއި ވާގިވެރި ފަރާތްތަކުން ކަމަށެވެ.
އަދި މިއަދު ވަނީ ވެރިކަމަށް އައުމަށްޓަކައި ވީ ވައުދުތަކުގެ ދަންތުރައިގައި އަމިއްލަ ފައި ފިތިފައިކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ދިވެހިންގެ ތަރައްގީއަށް އޮތް ހުރަހަކީ ރާއްޖެ އޮތް ކަނޑުކަމުގައި ހަދައިގެން ނުވާނެ ކަމަށެވެ.
ސައީދު އެގޮތަށް ވިދާޅުވިއިރު މި ސަރުކާރުން އިންޑިއާއާއެކު އޮންނަ ގުޅުމަށް ވަރަށް ބޮޑަށް އިދިކޮޅުން ދަނީ ފާޑުކިޔަމުންނެވެ. އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ޗައިނާއާއެކު މިދިޔަ ސަރުކާރުން އޮތް ގުޅުމުގައި ނެގި ގިނަ ލޯނުތަކާއެކު ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.