ads
ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިވާން ގޮސް ތިބި ބިދޭސީންތަކެއް--
ފުރައިގެން ދިޔަ ބިދޭސީންގެ ވޯކް ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ
ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން، ވޯކް ވީސާ ފީގެ މުއްދަތު ހަމަވެ، އޮންލައިންކޮށް ފީ ދެއްކެން ނެތުމުގެ ސަބަބުން ވީސާ ކެންސަލްނުކުރެވިވާ ފަރާތްތަކުގެ ވީސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސަައިފި އެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެފަދަ ފަރާތްތަކަށް ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު އެގޮތުން ވޯކް ވީސާ ފީ ދެއްކެވުމަށް އެދޭ ފަރާތްތަކުން "މިސަލޭނިއަސް ވޯކް ވީސާ ފީ ފޯމު" ފުރިހަމަ ކުރުމަށްފަހު، [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ/ 

އެގޮތުން ރަސްމީ މަސައްކަތު ހަތް ދުވަސްތެރޭ ފީ ދެއްކުމަށް ބޭނުންވާ މައުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެ ކަމަށް ބުނެ އެވެ. އަދި ފީ ދެއްކެވުމަށް ބޭނުންވާ މީހާގެ ރެކޯޑް ސިލެކްޓް ކުރުމަށް ފަހު ވީސާ ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ފެންނާނެ ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން އިމިގްރޭޝަނުން ވަނީ އެ ފޯމު ހުށަހަޅާނީ ވޯކް ވީސާ ފީ ދެއްކުމަށްފަހު ވީސާ ކެންސަލްކުރަން އެދޭ ފަރާތްތަކުން ކަމަށް ބުނެފަ އެވެ. އަދި އަޕްޑޭޓް ކުރެވިފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކުމަށް ދެވިފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކެވުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް