ads
ތުރުކީއަށް ކުރިމަތިވި ކާރިސާގެ ހިތާމާގައި ބައިވެރިވަން: އިދިކޮޅު ކޯލިޝަން
ތުރުކީގެ އިޒްމީރަށް ބާރުގަދަ ބިންހެލުމަކާއިއެކު އެރި ސުނާމީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އެގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށާއި އެގައުމުގެ ރައްޔިތުންނަށް އިދިކޮޅު ކޯލިޝަނުން ތައުޒިޔާ ކިޔައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ތުރުކީގެ އިޒްމީރަށް ބާރުގަދަ ބިންހެލުމަކާއިއެކު ސުނާމީއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބި ބަޔަކު މަރުވި ހަބަރު އެހީ ފުން ހިތާމައާއި އެކުގައި ކަމަށާއި، މިކަމުގެ ހިތާމާގައި ބައިވެރިވެ، ރައީސް އުރުދުޣާން އާއި ތުރުކީގެ އެކުވެރި ރައްޔިތުންނަށް، އަދި ކާރިސާގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް ތައުޒިޔާ ފޮނުވާކަމަށެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކާއި، މަރުވި މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާކުރާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. 

އިދިކޮޅު ކޯލިޝަނުން ބުނީ، ރައީސް ޔާމީން އާއި ޕީޕީއެމް ޕީއެންސީން އެދެނީ، އެ ކާރިސާގެ ސަބަބުން ލިބުނު ގެންލުންތަކުން ވީހާވެސް އަވަހަށް އަރައިގަނެވި އަލުން، އިޒްމީރުގެ ހާލަތު ރަނގަޅުވުން ކަމަށެވެ.

ތުރުކީއަށް އިއްޔެ ކުރިމަތިވި މި ކާރިސާގެ ސަބަބުން މިހާތަނަށް މިހާތަނަށް 20 އިމާރާތެއް މުޅިން ބިމާއި ހަމަވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިހާރު ވަނީ 24 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް