ads
މޯލްޑިވްސް ގޭސްގެ ޕްރޮމޯޝަނުގައި އަލަށް ރަޖިސްޓްރީ ކުރި ކަސްޓަމަރަކަށް ހަދިޔާ ދެނީ--
މޯލްޑިވް ގޭސް ލުއި ފުޅި ހިލޭ ލިބޭ ޕްރޮމޯޝަނާއެކު ކިއު ދަމާލައިފި!
އަލަށް ހިދުމަތަށް އެދޭ ފަރާތްތަކަށް އަމާޒުކޮށްގެން މޯލްޑިވް ގޭސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ލުއި ހިލޭ" ގެ ނަމުގައި މޯލްޑިވް ގޭސް އިން މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ ލުއި ފުޅިތަކުގެ ސްޓޮކް ހުސްވަންދެން ކަމަށް މޯލްޑިވް ގޭހުން މައުލޫމާތު ދެއެވެ. 

އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން އަލަށް ރަޖިސްޓްރީ ކުރާ ކަސްޓަމަރަކަށް ހިލޭ ލުއި ފުޅިއަކާއި އިތުރު ހަދިޔާއެއް ލިބޭނެ އެވެ. އެގޮތުން ހަދިޔާގެ ގޮތުގައި ލިބޭނީ ބަދިގޭގައި ބޭނުން ކުރާ އެއްޗެއް ކަމަށް މޯލްޑިވް ގޭހުން ބުނެ އެވެ. 

ގްރޭޓާ މާލޭ އޭރިޔާ އަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ރަޖިސްޓްރީ ކުރާ ކޮންމެ ކަސްޓަމަރަކު ވެސް ދައްކަން ޖެހެނީ އެންމެ 200 ރުފިޔާ އެވެ. 

މި ޕްރޮމޯޝަނުގެ ދަށުން ރަޖިސްޓްރީ ކުރަން ބޭނުންވާ ކަސްޓަމަރުން މޯލްޑިވް ގޭސްގެ ހޮޓްލައިން 1616 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.

2014 ވަނަ އަހަރު މޯލްޑިވް ގޭސް އިން ބާޒާރަށް ނެރުނު ލުއިފުޅި އަކީ ހިފައި ގެންގުޅެން ފަސޭހަ، އަދި ދަބަރު ނުޖަހާނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ. މިއީ ދަގަނޑު ފުޅިތަކަށް ވުރެ ރައްކާތެރިކަން ބޮޑު ފުޅިތަކެއް ކަމަށް މޯލްޑިވް ގޭހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް