ads
ތިލަފުށި--
ހުއްދަނުނަގާ ތިލަފުށި އަދި ގުޅިފަޅުގައި އަޅާފައިވާ އުޅަނދުތަައް ނަގަން އަންގައިފި
ހުއްދަ ނުނަގައި ގުޅިފަޅާއި، ތިލަފުށި ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަށް ނަގަން އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގުޅިފަޅު އަދި ތިލަފުށިން ބިން ކުއްޔައް ނަންގަވައިގެން އުޅުއްވާ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކުން، ފަޅުތެރޭގައި ހުއްދަ ނުނަގައި އަޅާފައިވާ އުޅަނދުތަށް މިއަދުން (01 ނޮވެމްބަރު 2020) ފެށިގެން 90 ދުވަހުގެ ތެރޭގައި ނަގަން އަންގާކަމަށެވެ. 

އަދި މިމުއްދަތުގައި އުޅނަދުތަށް ނުނަގައިފިނަމަ، އެތަކެތި ނެގުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށްގެންދާނެ ކަމަށާއި، ނެގުމުގެ މައްސައްކަތުގެ ތެރޭގައި އެއްވެސް އުޅަނދަކަށް ލިބޭ ގެއްލުމަކަށް އެޗްޑީސީން ޒިންމާ ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް