ads
އީސީ--
ދިހަހާސް މެމްބަރުން ހަމަނުވާ ޕާޓީތަކަށްވެސް ދައުލަތުން ފައިސާލިބޭ އިސްލާހެއް ހުށައަޅައިފި
ދަފްތަރުގައި ދިހަހާސް މެމްބަރުން ހަމަނުވާ ކުދި ސިޔާސީ ޕާޓީތަކަށްވެސް ދައުލަތުން ފައިސާލިބޭނެ އިސްލާހެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އަދި އެކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފުއާދް ތައުފީގު ވިދާޅުވީ، މިގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންނީ، ސިޔާސީ ޕާޓީތަކަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފައިސާގެ ދަތިކަން ކަމުގައި ވެފައި، ކޮންމެ ޕާޓީއަކަށްވެސް ދައުލަތުން ކޮންމެވެސް މިންވަރެއް ލިބޭނަމަ ޕާޓީތަކުގެ އިދާރީ ހިންގުމާއި ހަރަކާތްތައް އިތުތަށް ހަރުދަނާ ކުރެވޭނެތީ ކަމަށެވެ. 

ފުއާދް ވިދާޅުވީ މިގޮތަށް އިސްލާހު ގެނައުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ހަރަދު ބޮޑުނުވާނެ ކަމަށާއި، އިސްލާހު ހުށަހަޅާފައިވާނީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ބެހުމުގައި ހުރިހާ ޕާޓީއަކަށްވެސް ލިބޭނެގޮތަށް ބަދަލުގެނައުމަށް ކަމަށް. އެގޮތުން އިސްލާހު ހުށަހެޅީ ދައުލަތުން ދޭންޖެހޭ މިންވަރު ބޮޑުކުރަން ނޫން ކަމަށާއި، ނަމަވެސް ޕާޓީތަކަށް އެފައިސާ ބަހާގޮތް ބަދަލުކުރަން ކަމަށެވެ. 

އެގޮތުން އެ އިސްލާހު ފާސްވެއްޖެނަމަ، ޕާޓީގެ ބޮޑުކުޑަ މިނަށް ބެލުމަށްފަހު ކޮންމެ ޕާޓީއަކަށްވެސް ވަކި މިންވަރަކަށް ފައިސާ ލިބޭނެ ކަމަށާއި، މިކަމުގެ ސަބަބުން އިންތިހާބުތަކުގައި ކުދި ޕާޓީތަށް ވާދަކުރާ މިންވަރުވެސް އިތުރު ވެގެންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ނަމަވެސް ކޮންމެ އަހަރަކަށް ފާސްކުރާ ބަޖެޓް ބޮޑުވަމުން އަންނަ ކަމަށްވާނަމަ އުސޫލެއްގެ ދަށުން އެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ އަދަދުވެސް ބޮޑުވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ. 

މިހާރު ގަވާއިދުގައި ވާގޮތުން ދައުލަތުން ފައިސާލިބޭނީ ދިހަހާސް މެމްބަރުން ހިނެމެނޭ ޕާޓީތަކަށެވެ. އެގޮތުން 10 ޕާޓީ ހިންގަމުން އަންނައިރު ދައުލަތުން ފައިސާލިބޭ ތިން ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަދި ޖުމްހޫރީ ޕާޓީއެވެ. 

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 54 އިސްލާހެއް ހުށަހަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް