ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ ސަފީރު ސަންޖޭ ސުދީރު-- ފޮޓޯ: ޓަވިޓާ/ އަބްދުﷲ ޝާހިދު
ޝާހިދުގެ ޝުކުރު އިންޑިއާއަށް، މިއީ ރަހުމަތްތެރިކަމުގެ އަގު ވަޒަން ކުރާ ދުވަހެއް
މިއަދަކީ ހަގީގީ ރަހުމަތްތެރިކަމުގެ އަގު ވަޒަން ކުރާ ދުވަހެއް ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ނަސްރުގެ ދުވަހުގެ މެސެޖުގައި އިންޑިއާއަށް ޝުކުރު އަދާ ކުރައްވައިފި އެވެ.

ޝާހިދު ވިދާޅުވީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ދިވެހި ގައުމަށް ކުރިމަތިވި ވަގުތު، އިންޑިޔާއިން ވެދިން މަދަދާއި އެހީތެރިކަމުގެ ހަނދާންތައް ދިވެހިން އަބަދުވެސް އާ ކުރާނެ ކަމަށެވެ. 

"އިންޑިޔާއަކީ އިތުބާރު އޮތް ދިވެހިންގެ އަވަށްޓެރި އެކެވެ. ހަގީގީ އެކުވެރިއެކެވެ. އެކަމަށްޓަކައި އިންޑިޔާއަށް ޝުކުރު އަރިސް ކުރަމެވެ." ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ. 

ޝާހިދު އިތުރަށް ވިދާޅުވީ ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި، ދަތިތައް މަތިން މިއަދު ހަނދާން ކުރަން ޖެހޭ ކަމަށާއި މި މައްސަލަ އަކީ ރާއްޖެއިން އދ. ގައި ފާހަގަކޮށްފައިވާ މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދަނީ ދަތިތަކުން އަވަހަށް އަރައިގަތުމަށް ބޭނުންވާ މަސައްކަތްތައް ހަރުދަނާކޮށް، ބައިނަލްއަގްވާމީ މުޖުތަމައު އާއެކު ދާއިމީ ގުޅުންތަކެއް ގާއިމް ކުރުމަށެވެ. 21 ވަނަ ގަރުނުގެ ނުރައްކާތަކުން އަރައިގަތުމަށް ބޭނުންވާ އެންމެ މުހިންމު ތަޅުދަނޑިއަކީ އެއީ އެވެ." އެ މެސެޖުގައި ވެއެވެ. 

އޭގެ އިތުރުން ޝާހިދު ވަނީ ނޮވެމްބަރު 3 ގައި ޝަހީދުވި ފަރާތްތަކުގެ ޒިކުރާ އާކޮށް، ދުވަހުގެ ތަހުނިޔާ އަރިސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް