އެގޮތުން މިއަދު ބަންގްލަދޭޝްގެ ސަފީރު ވަނީ މައި ކޮލެޖްގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި މެދު މަޝްވަރާ ކުރައްވައިފަ އެވެ.
2006 ވަނަ އަހަރުގައި އެންމެ 19 ދަރިވަރުންނާއި، ދެ ލެކްޗަރާއިންނާއި، ދެ ކްލާސްރޫމް އާއި އެކު ފެށި މައިކޮލެޖްގައި 245 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިރު، އެ ކޮލެޖްގައި 2800 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ދެއެވެ.
މައި ކޮލެޖްގެ އޯޕަންޑޭ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައި ބާއްވާފައި ވެއެވެ. ޖެނުއަރީ އިންޓޭކަށް މިދިޔަ މަހުގައި ހުޅުވާލާފައިވާ އިރު، ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައި ވެއެވެ.