އެގޮތުން ސޯޝަލް މީޑިއާގައި ކިމް ހިއްސާކުރި ފޮޓޯގައި އޭނާ ހުރި ރަތް ކުލައިގެ ހެދުމެއްގަ އެވެ. އެއީ ރައީސް ޑޮނަލްޑް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ކުލަ އެވެ.
އެހެންކަމުން ކިމް ވޯޓު ދިނީ ޓްރަމްޕަށް ކަމަށް ފޭނުން ދަނީ ބުނަމުންނެވެ. އެ ފޮޓޯގެ ސަބަބުން ފޭނުންގެ ކޮމެންޓުތަކާ ހެދި އުނދަގޫވެ، ކިމް އެންމެ ފަހުން ވަނީ ފޮޓޯ ޑިލީޓު ވެސް ކޮށްފަ އެވެ.
ޑިލީޓްކޮށް، އެ ފޮޓޯ ކަޅާއި ހުދު ކުލައަށް ބަދަލުކުރުމަށް ފަހު އަލުން ވަނީ ޕޯސްޓުކޮށްފަ އެވެ. އެކަމަކު އޭގެ ކުރިން ފޭނުން ވަނީ އޮރިޖިނަލް ފޮޓޯގެ ސްކްރީންޝޮޓު ނަގާފަ އެވެ.
ކިމްގެ ފިރިމީހާ އަދި މަޝްހޫރު އާޓިސްޓު ކާންޔޭ ވެސްޓަކީ ވެސް ޓްރަމްޕްގެ ސިޔާސަތުތަކަށް ސަޕޯޓް ކުރި މީހެކެވެ. އަދި ކާންޔޭ ވަނީ ރައީސް ކަމަށް ވާދަކުރުމުގެ ގޮތުން ކެމްޕޭން ވެސް ކޮށްފަ އެވެ.