ads
އެމެރިކާގެ ކުރީގެ ރައީސް އޮބާމާ އާއި ބައިޑެން
އޮބާމާ އަށް ވުރެ ވެސް ބައިޑެން ކުރީގައި
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަށް ވުރެ ގިނައިން ވޯޓް ހޯއްދަވައި، ތާރީހުގައި ވެސް އެމެރިކާގެ އިންތިހާބެއްގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅާއަށް ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑެން ވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ޖޯ ބައިޑެން އަށް މިހާތަނަށް 72 މިލިއަނަށް ވުރެ ގިނަ ވޯޓް ލިބިވަޑައިގެންފައިވާ އިރު، އޭގެ ކުރިން އެމެރިކާގެ ރައީސްކަން ކޮށްފައިވާ ބަރަކް އޮބާމާ އަށް ވަނީ 2008 ވަނަ އަހަރު ބޭއްވި އިންތިހާބުގައި 69،498،516 ވޯޓް ލިބިވަޑައިގެންފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑެން އާއި އެންމެ ގާތުން ވާދަކުރައްވަނީ އެމެރިކާގެ މިހާރުގެ ރައީސް، ޑޮނަލްޑް ޓްރަމްޕެވެ. މިހާތަނަށް ބައިޑެން އަށް 72،062،571 ވޯޓް ލިބިވަޑައިގެންފައިވާ އިރު، ޓްރަމްޕަށް 68،595،647 ވޯޓް ވަނީ ލިބިވަޑައިގެންފައެވެ.

އެމެރިކާގައި އެ ގައުމުގެ ރައްޔިތުންނަށް ވޯޓްލެވޭ، ނަމަވެސް އެ ގައުމުގައި ރައީސަކު އިންތިހާބުކުރަނީ އިލެކްޓޯރަލް ވޯޓް މެދުވެރިކޮށެވެ. އެގޮތުން 538 އިލެކްޓޯރަލް ވޯޓްގެ ތެރެއިން މަދުވެގެން 270 ވޯޓް ބޭނުންވެއެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލައިލާއިރު، އެމެރިކާގެ ރައީސްކަމަށް އަންނާނެ ކަމަށް ބެލެވެނީ ޖޯ ބައިޑެން އެވެ. އިލެކްޓޯރަލް ވޯޓްގެ 264 ވޯޓް ބައިޑެން އަށް ލިބިވަޑައިގެންފައިވާ އިރު، އިލެކްޓޯރަލް ވޯޓްގެ 214 ވޯޓް ޓްރަމްޕަށް ވަނީ ލިބިވަޑައިގެންފައި ވަނީ 214 ވޯޓެވެ.

36%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް