ads
އިމިގްރޭޝަންގެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހުކުރުން--
އިމިގްރޭޝަންގެ ފަސް އަހަރުގެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހުކޮށްފި
ކުރިއަށް އޮތް ފަސް އަހަރަށް މޯލްޑިވްސް އިމިގްރޭޝަނުން ސްޓްރެޓަޖިކް ޕްލޭނެއް އިފްތިތާހް ކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހް ކޮށްދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ މި ސްޓްރެޓަޖިކް ޕްލޭން އަކީ އިމިގްރޭޝަން އިން 12 އަހަރުގެ މުއްދަތަކަށް ފަހު މިގޮތަށް ނެރޭ ސްޓްރެޓަޖިކް ޕްލޭން ކަމަށެވެ. މީގެ އިތުރުން ހަނަފީ ވަނީ އިމިގްރޭޝަންގެ އޮފިސަރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

އޭގެ އިތުރުން ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އިމިގްރޭޝަނަކީ އެންފޯސްމެންޓް އޭޖެންސީއެއް ކަމަށް ވިޔަސް، އިމިގްރޭޝަނުން ރާއްޖޭގެ އިގްތިސާދުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކަމަށެވެ.

އަލަށް އިމިގްރޭޝަނުން އިފްތިތާހު ކުރި އެކްޝަން ޕްލޭންގައި މައިގްރޭޝަން މެނޭޖްމަންޓާއި، ބޯޑާ ކޮންޓްރޯލްގެ އިތުރުން، އިމިގްރޭޝަން ރިފޯމް ކުރުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް