އަންގާރަ ދުވަހު ކުރެވުނު އޮޕަރޭޝަނަށް ފަހު މެރަޑޯނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، އެހެންނަމަވެސް އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ އިރެއް އަދި ނޭނގޭ ކަމަށް މެރަޑޯނާގެ ޕާސަނަލް ޑޮކްޓަރު ބުންޏެވެ.
މެރަޑޯނާގެ ހާލު ދެރަވެ އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާ އެޑްމިޓް ކުރިއިރުއްސުރެ ފުޓްބޯޅައަށް ސަޕޯޓް ކުރާ އެތައް ބަޔަކު އަންނަނީ އޭނާގެ ހާލު އޮޅުން ފިލުވައި ހެޔޮ އެދުންތައް ފޮނުވަމުންނެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީވެސް ހިމެނެއެވެ.