ads
ޖަމާލް ބުޔާން އަދި ޓީސީގެ ކުރީގެ ކެޕްޓަން ފައްރާހް
ހަތްހާސް ޑޮލަރުގެ މުސާރައަކަަށް ބަންގްލަދޭޝް ކެޕްޓަން ޖަމާލް އައި ލީގަށް
މަހަކު ހަތްހާސް ޑޮލަރުގެ މުސާރައަކަށް، ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން، އިންޑިއާގެ ކޮލްކަތާ މުހައްމަދާން އަށް ބަދަލުވެއްޖެއެވެ. މިއާއި އެކު ޖަމާލް ވެގެންދާނީ އައި ލީގުގައި ނުވަތަ އިންޑިއާގައި ޕްރޮފެޝަނަލްކޮށް ކުޅޭ ފުރަތަމަ ބަންގްލަދޭޝް ކުޅުންތެރިޔާއަށެވެ.

ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖަމާލް ކުޅެމުން އައި ސައިފް ސްޕޯޓިން ކްލަބުން މިހާރުވަނީ އޭނާއަށް ރިލީޒް ދީފައެވެ. ސައިފް ސްޕޯޓިން ކްލަބަކީ ރާއްޖޭގެ މުހައްމަދު ނިޒާމް- ނިޒާމްބެ ކުޑަ ދުވަސްކޮޅަކު ކޯޗުކޮށްދިން ބަންގްލަދޭޝްގެ ކްލަބެކެވެ. ސައިފް ސްޕޯޓިންގް ކްލަބާއި އެކު ޖަމާލުވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސްއާ ދެކޮޅަށް އޭއެފްސީ ކަޕުގެ ކޮލިފައިންގައި ކުޅެފައެވެ. އަދި މީގެ އިތުރުން ބަންގްލަދޭޝްގެ ގައުމީ ޓީމާއެކު ޖަމާލުވަނީ ރާއްޖެއާ ދެކޮޅަށް ކުޅެފައެވެ. 

އައި ލީގުގެ ކުޅުން ފެށޭނީ ނޮވެމްބަރު މަހުގެ ވިހި ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިފް ސްޕޯޓިން ކްލަބުން، ކޮލްކަތާ މުހައްމަދާންއަށް ޖަމާލް ދޫކޮށްފައިވަނީ ޝަރުތުތަކަކާ އެކު ކުރު މުއްދަތަކަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ އޭޕްރީލް މަހު ޖަމާލް އެނބުރި ސައިފް ސްޕޯޓިންއާ ގުޅޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް