އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެންނެވެ.
ވެމްކޯގެ 40 މުވައްޒަފުންނާއި ސިޓީ ކައުންސިލުގެ މުވައްޒަފުން ގުޅިގެން މި ޕްރޮގްރާމުގައި މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައިވާ ކުނި ނެގުމަށް މަސައްކަތް ކުރާނީ ހަތް ގްރޫޕެއްގެ ގޮތުގަ އެވެ.
އެ ޕްރޮގްރާމުގެ އަމާޒަކީ ހަފްތާއެއްގެ ތެރޭގައި ވިލިމާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ސާފުކުރުމެވެ.
ކުނި ނެގުމުގެ ގިނަ ޕްރޮގްރާމުތަކެއް މެދުކެނޑުމެއް ނެތި މާލޭގައި ކުރިއަށް ގެންދެ އެވެ. ނަމަވެސް މަގުތަކަށް ކުނި އެޅުމުގެ މައްސަލައަކީ އަދިވެސް ހައްލުވެފައި ނުވާ މައްސަލަ އެކެވެ.