ads
ރެހެންދި މައިޒާން---
ހާއްސަ އުސޫލްތަކަކާއިއެކު ޕާކުތަކާއި މައިޒާންތައްވެސް ހުޅުވާލައިފި
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީ ފާކު ތަކާއި މައިޒާންތަކުގެ އިތުރުން އާއްމުން އެއްވެ އުޅޭ ތަންތަންވެސް ހުޅުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް މިއަދު އަނެއްކާވެސް ބަދަލުގެނެސް އެކަން އިއުލާންކޮށްފައެވެ.

އެޗްޕީއޭއިން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން މިއަދު ހަތަރުކަމަކުން ލުއި ދީފައިވެއެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޔޫތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުޅުވައިލުމާއި އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާގޮތަށް ކުޅިވަރުތައް ބަލަން ދެވޭ ގޮތަށް ހަމަޖައްސާފައިވެއެވެ.

އަދި ގައިޑްލައިންތަކާ އެއްގޮތަށް، ވިޔަފާރިކުރާ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވުމާއި ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުމުގެ އިތުރުން ގޭގައި މަސައްކަތްކުރާގޮތަށް އޮފީސްތަކުން ހަމަޖައްސާފައިވާ ހައި ރިސްކު ފަރާތްތައް ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނިކުމެ މަސައްކަތްކުރުމަށް ނިކުތުމަށް ހުއްދަދީފައިވެއެވެ. 

ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާ އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުމަށް ނިންމި ނަމަވެސް އުސޫލްގައި ވާގޮތުން ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ބޭރަށް ނުދިޔުމާއި ފްލޫ ކްލިނިކަށް ދާން މެނުވީ ބޭރަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ބޭރުގައި އުޅޭއިރުވެސް މާސްކް އަޅާ އެހެން މީހުންނާއި ދެމެދު ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށް ސަމާލުކަން ދިނުމުގެ އިތުރުން ބޭރަށް ނުކުންނައިރު ހޭންޑް ސެނިޓައިޒާ ގެންދިއުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

އޭގެ އިތުރުން ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާއިރު ހުރިހާ ވަގުތެއްގައިވެސް މާސްކު އެޅުން އަދިވެސް މަޖުބޫރުވާނެކަމަށް ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް