އެގޮތުން އަންހެނުން އާލިޔާ ސިއްދީގީ ވަނީ އޭނާގެ ކައިރިން ވަރިވުމަށް އެދިފަ އެވެ. އަދި ނަވާޒުއްދީންގެ ފިރިހެން ކޮއްކޮ އާއިލާގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ.
އެ މައްސަލަތަކާ ގުޅޭ ގޮތުން ޕިންކްވިލާއަށް ދިން އިންޓަވިއު އެއްގައި ނަވާޒުއްދީން ބުނީ ޒާތީ ކަންކަމާ ބެހޭ ގޮތުން އެންމެންނަށް އެނގޭ ގޮތަށް ވާހަކަދައްކަން ޖެހިލުންވާ ކަމަށެވެ.
އެކަމަކު ދަރިންގެ ހައްގުތައް ފުރިހަމައަށް އަދާކުރެވޭތޯ ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ. އާއިލާ ތެރޭގައި ހިނގި ޖިންސީ އަނިޔާގެ މައްސަލައާ ގުޅޭ ގޮތުން ވެސް އެއްޗެއް ބުނާކަށް އޭނާ ބޭނުމެއް ނުވެ އެވެ.
އާލިޔާ ވަރިވާން އެދި ކޯޓަށް މައްސަލަ ހުށަހެޅުމުން ދެ މީހުންގެ މެދުގައި ހުރި ސީރިއަސް މައްސަލަތައް ވަނީ ބޭދެމީހުނޒާރުވެފަ އެވެ. އެ ވާހަކަތައް ހަބަރުތަކުގެ ސުރުހީއަށް އެރި އެވެ.