ތުއްތު އަންހެން ދަރިފުޅަށް ދެ މަސް ވެފައި ވާއިރު، އެ ކުއްޖާއަށް ކީ ނަމެއް މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އޭގެ އިތުރުން ކުއްޖާގެ މޫނު ފެންނަ ފޮޓޯއެއް ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.
އިއްޔެ ޖީޖީ ވަނީ އިންސްޓަގްރާމް ސްޓޯރީއަށް ދަރިފުޅާއެކު ނަގާފައިވާ ސެލްފީއެއް ޕޯސްޓުކޮށްފަ އެވެ. އެކަމަކު އެ ފޮޓޯގައި ވެސް ދަރިފުޅުގެ މޫނެއް ނުފެނެ އެވެ.
ޖީޖީގެ ސެލްފީ--
ފޮޓޯއާއެކު ޖީޖީ ބުނެފައި ވަނީ "ޝީ ބާޕްސް ސަންޝައިން" ކަމަށެވެ.
މަޝްހޫރު މޮޑެލް ޖީޖީ އާއި ލަވަކިޔުންތެރިޔާ ޒެއިންގެ ފުރަތަމަ ދަރިފުޅު ވިހާފައި ވާއިރު، ޖީޖީގެ މަންމަ ވެސް އުޅެނީ މާމައަކަށް ވާން ފުރުސަތު ލިބުމުން އުފަލުންނެވެ.